Home > Issue 28: July 2012 > ބޭސްވެރިކަމުގެ އިންގިލާބު: އިބްނި ސީނާގެ ބޭސްވެރިކަމުގެ ގާނޫނު

ބޭސްވެރިކަމުގެ އިންގިލާބު: އިބްނި ސީނާގެ ބޭސްވެރިކަމުގެ ގާނޫނު

– މުޙަންމަދު ޒާހިރު ހުސައިން –

ބޭސްވެރިކަމުގެ ސައެންސަކީ ޒަމާނާއެކު އެންމެ ބޮޑު ބަދަލުތަކެއް އައިސްފައިވާ އޭރިޔާ އެކެވެ. އޭގެ ބަދަލުތައް އައީ އަކީ ހަމައެކަނި ގުޅަ ބޭހާއި އިންޖެކްޝަނާއި ހަށިގަނޑު ފަޅާހެދުމުގެ ކަންކަމަށް އެކަންޏެއް ނޫނެވެ. އޭގައި ގެންގުޅޭ އާލަތްތަކާއި ސާމާނުތަކަށް ވެސްމެއެވެ. ފަޅާ ހެދުމުގެ މަސައްކަތުގަެ ވަގުތުތައްވެސް ޒަމާނާއެކު ވަރަށް ބޮޑުތަން ތަފާތުވެފައި ވެއެވ.ެ

ބޭސްވެރިކަމުގެ ތާރީޚަށް ބަލާއިރު އެކަމަކީ ވަކި ޒަމާނެއްގެ ވަކި ބަޔަކަށް ނިސްބަތްވާ ކަމެއް ކަމުގައި ކަނޑައަޅާ ބުނެވޭކަށް ނެތެވެ. އިނގޭ އެއްޗަކީ އިންސާނުން ދުނިޔެ މަތީގައި ލެއްވުވީއްސުރެ އެބައިމީހުންނަށް ދިމާވާ އެކިއެކި ކަންކަމަށް އެ ޒަމާނަކަށް އެކަށިގެންވާ ހައްލުތައް ހޫދަމުން ގޮސްފައިވާ ކަމެވެ. މިގޮތުން އެބައިމީހުންނަށް ޖެހޭ ބަލިތަކަށް ހައްލު ހޯދުމަށް އެ ޒަމާނަކާ އެކަށީގެންވާ ކަންތައްތަކެއް ކޮށްފައިވާކަން ތާރީޚުން ކޮންމެވެސް ވަރަކަށް އެނގެއެވެ. މިގޮތުން އެބައިމީހުންގެ ވެށީގައިވާ ގަސްގަހާހެހީގެ ފަތްޕިލާވެއްޔާއި އަދި ބިމުގެ ބައެއް މައުދަނު ނުވަތަ ގަލާއި ހިލަވެސް ބޭނުންކޮށްފައިވާކަން އެނގެއެވެ. އަދި މިކަންކަމުގެ އިތުރުން ފަންޑިތަ އާއި ހާހޫރައިގެ ބޭނުން ކޮށްފައި ވެސް ވެއެވެ.

ރެކޯޑް ކުރެވިފައިވާ ބޭސްވެރިކަން:

އިންސާނީ ހަޟާރަތްތަކުގައި ބޭސްވެރިކަމުގެ ރިކޯޑް އެންމެ ފުޅާކަންމަތީ އޮތް އެއްބަޔަކީ ކުރީގެ ގްރީކް މީހުންގެ މެދުގަ އެވެ. އެއަށް ދިވެހިން މިކިޔަނީ ހަކީމީ ބޭސްވެރިކަން ނުވަތަ ޔޫނާނީ ބޭސްވެރިކަމެވެ. ހަމަ އެފަދައިން ޗައިނާ އާއި މިސްރުގެ ހަޟާރަތުގައި ވެސް ބޭސްވެރިކަމުގެ ރެކޯޑް އޮތް ކަމުގައި ވެއެވެ.

ކޮންމެއަކަސް ލިޔެވިގެންވާ ރިކޯޑް އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ކުރީގެ ގްރީކް މީހުންގެ މެދުގައެވެ. އެބައި މީހުންގެ މެދުގައި ސައެންސާ ފަލްސަފާ ކުރިއަރައި ދިޔަ ޒަމާނުގައެވެ. އެބައި މީހުންގެ ސައެންސްވެރިން ނުވަތަ ހަކީމުންގެ ޒަމާނުގައެވެ. އެ ޒަމާނުގައި ސައެންސާއި ފަލްސަފާ އޮތީ މުޅިން އެހެން ނާރެހެއްގެ ގޮތުގައި ހުރިހާ ސައެންސަކާ ޢިލްމެއް އެކައްޗެއްގެ ގޮތުގައެވެ. ގްރީކް ފަލްސަފާ ވެރިންނަކީ ހަކީމުންނެވެ. އެހެންކަމުން އެއީ ހަކީމީ ބޭސްވެރިކަން ކަމުގައި ދިވެހިން ގެ މެދުގައި ނަންކުރެވިގެން އައިސްފައިވަނީ ކަމުގައި ބެލެވިދާނެއެވެ. ހުރިހާ ސައެންސަކާ އިލްމު އެކުލެވިފައިވާ ނާރެހެއްގެ ގޮތުގައި މާނަކޮށް ދިނުމުގެ ގޮތުންނެވެ. ބޭސްވެރިކަންވެސް އެޒަމާނުގައި އެއީ ފަލްސަފާގެ ނާރެހެވެ. ފަލަކު އިލްމާއި ހިސާބު އިލްމު ވެސް އެއީ ހަމަ ފަލްސަފާވެރިންގެ ނާރެހެވެ.

ގްރީކް ފަލްސަފާގެ ޒަމާނުގައި އޮތް  ބޭސްވެރިކަމުގެ ބޭހުގެ ދާއިރާގައި ފަތްޕިލާވެލީގެ ތައުސީރުތަކާއި އޭގެ ފައިދާގެ މައްޗަށް މުސްލިމުންގެ ފައިލަސޫފު އިބްނިސީނާ ލިޔުއްވި ބޭސްވެރިކަމުގެ ގާނޫނަކީ މުސްލިމުންގެ ތެރެއަށް މިދާއިރާގައި އެޒަމާނުގައި އައި ބޮޑު އިންގިލާބެއް ކަމުގައި ބެލެވެއެވެ. އެފޮތުގައި ތަފާތު ފަތްޕިލާވެއްޔާ ގަސްގަހުގެ ފަތާއި މުލުގެ ފައިދާތަކާމެދު ވަރަށް ސާފުކޮށް ލިޔުއްވާފައި ވެއެވެ. އަދި އޭގެ ތަޖުރިބާތަކާއި އެކަމުން ތަފާތު ބަލިތައް ފަސޭހަވުމާއި އެތަކެތި ބޭނުން ކުރަންވީ މިންވަރު ހާމަކުރައްވާފައި ވެއެވެ. އޭގެ ތަފާތު އެތަކެއް މިސާލުތައް އެފޮތުގައި ވެއެވެ. ފައިދާ އާއި ގެއްލުމާއި ތަފާތު ބަލިތަކަށް އޭގެ އަސަރު ކުރާނޭ ގޮތުގެ ވާހަކަތަކެވެ.

– ދެވަނަބައި އޯގަސްޓް 2012 ގެ އަދަދުގައި –

Advertisements
Categories: Issue 28: July 2012
  1. No comments yet.
  1. No trackbacks yet.

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: